ބޯހިމެނުން 2022: ރާއްޖޭގައި ކޮންމެ ތިން ދިވެއްސަކަށް ބިދޭސީއަކު - 2014 އާ އަޅާކިޔާއިރު ބިދޭސީން ދެގުނަ ވެއްޖެ

ރާއްޖޭގައި ކޮންމެ ތިން ދިވެއްސަކަށް ބިދޭސީއަކު ދިރިއުޅެމުން އަންނަކަމުގައި ބޯހިމެނުން 2022 އިން ދައްކައިފިއެވެ. މިދިޔަ އަހަރު ކުރިއަށްގެންދިޔަ ސެންސަސް 2022ގެ އަސާސީ މައުލޫމާތު މިރޭ މޯލްޑިވްސް ބިއުރޯ ...

30 Mar 2023 | 17:34

ރާއްޖޭގައި ކޮންމެ ތިން ދިވެއްސަކަށް ބިދޭސީއަކު ދިރިއުޅެމުން އަންނަކަމުގައި ބޯހިމެނުން 2022 އިން ދައްކައިފިއެވެ.

މިދިޔަ އަހަރު ކުރިއަށްގެންދިޔަ ސެންސަސް 2022ގެ އަސާސީ މައުލޫމާތު މިރޭ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ އާންމުކޮށްފައެވެ.

އާންމުކޮށްފައިވާ އެ މައުލޫމާތަށް ބަލާއިރު ރާއްޖޭގެ އާބާދީއަކީ 515،122 އެވެ. އެއީ 382،751 ދިވެހިންނާއި 132،371 ބިދޭސީންނެވެ. އާބާދީގެ 26 އިންސައްތައަކީ ބިދޭސީން ކަމާއި ކޮންމެ ތިން ދިވެއްސަކަށް ބިދޭސީއަކު ރާއްޖޭގައި ދިރިއުޅެމުން އަންނަކަން ފާހަގަކޮށްފައިވެއެވެ.

ބިދޭސީ އާބާދީއަކީ 132،371 ކަމުގައިވާއިރު އޭގެ ތެރެއިން 51،030 ބިދޭސީން ދިރިއުޅެމުން އަންނަނީ މާލޭގައި ކަން ފާހަގަކޮށްފައިވެއެވެ. އަދި 32،470 ބިދޭސީއަކު ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅެމުން އަންނައިރު ރިސޯޓުތަކުގައި 36،707 ބިދޭސީން އަދި އިންޑަސްޓްރިއަލް ސަރަހައްދުތަކުގައި 12.164 ބިދޭސީން ދިރިއުޅެމުން އަންނަކަން ފާހަގަކޮށްފައިވެއެވެ.

މި އަދަދަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ ކަމަކީ 2014 ވަނަ އަހަރު ރާއްޖޭގައި އުޅުނީ ޖުމުލަ 63،637 ބިދޭސީން ކަމެވެ. އެހެންކަމުން 2014 އިން 2022 އަށް ބިދޭސީންގެ އާބާދީ މިވަނީ ރާއްޖޭގައި ދެ ގުނައަށްވުރެ އިތުރުވެގެން ގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް