އާޒިމަކީ ގާސިމްގެ އެޑްވައިޒަރެއް ނޫން: އިލްހާމް

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމަކީ ގާސިމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ބޭފުޅެއް ނޫންކަމުގައި ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ. އިލްހާމް މިހެން ވިދާޅު...

30 Mar 2023 | 16:58

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމަކީ ގާސިމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ބޭފުޅެއް ނޫންކަމުގައި ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިހެން ވިދާޅުވީ ގާސިމްގެ އެޑްވައިޒަރު ކަމުން އާޒިމް އިސްތިއުފާ ދެއްވި ހަބަރަށް ދެއްވި ރައްދެއްގައެވެ.

"އާޒިމަކީ ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ބޭފުޅެއް ނޫން، މާ ކުރީގެ ވާހަކައެއް" އިލްހާމް ވިދާޅުވެފައިވެއެވެ.

އިލްހާމް މިހެން ވިދާޅުވެފައިވާއިރު މިރޭ އާޒިމް ސޯޝަލް މީޑިއާއަށް ދޫކުރެއްވި ސިޓީއެއް އެޑްރެސް ކޮށްފައި އޮތީ ޖޭޕީގެ ލީޑަރު ގާސިމަށެވެ.

އެ ސިޓީގައި ވިދާޅުވެފައިވަނީ ގާސިމްގެ އެޑްވައިޒަރު ކަމުން އިސްތިއުފާ ދެއްވާކަމަށެވެ. ގައުމަށް ހަމަޖެހުމާއި ކުރިއެރުން ގެނެސްދެވޭނީ ރައީސް ސޯލިހަށް ކަމުގައި ގަބޫލުކުރައްވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް