އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯ ނެޓް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހާރޫން ރަޝީދު އެ މަގާމުން މިއަދު ވަކިކޮށްފި އެވެ
ހާރޫން މަގާމުން ވަކިކުރިކަން އޭނާ ވަނީ މީޑިއާގައި ކަށަވަރުކޮށްދެއްވާފައި އެވެ. ވިދާޅުވީ މަގާމުން ވަކި ކުރީ މިއަދު ކަމަށެވެ.
ހާރޫން އެގްރޯ ނެޓުގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރީ2020 ވަނަ އަހަރު އެވެ.
އޭނާ މަގާމުން ވަކިކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްްބަރުނ ސަރުކާރުގެ މަގާމުތަކުން ވަކި ކުރުމުގެ ތެރެއިންނެވެ. ހާރޫން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައިވެސް ތާއީދު ކުރެއްވީ ނަޝީދަށެވެ.
ހާރޫންގެ އިތުރުން އެސްޓީއޯގެ މެނޭޖިން ޑިިރެކްޓަރު ހުސައިން އަމްރު އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒުވެސް ވަނީ މަގާމުން ވަކިކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް