މައިދާން މިހާރު ސެޓުވެ އެ ގަހު ކޭލާއި މި ގަހު ކެޔޮ ވަކިވެ ސާފުވެއްޖެ ކަމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް (ފަޔާ) ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރައްވަމުން ގެންދަވާ ފަޔާ މިހެން ވިދާޅުވީ މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައެވެ.
https://twitter.com/faya_i/status/1641422309381799936
އެ ޓްވީޓްގައި ފަޔާ ވިދާޅުވެފައިވަނީ ކުރިއަށް އޮތީ ޝައުޤުވެރި ދުވަސްތަކެއް ކަމަށެވެ. މާތް ﷲގެ ވާގިފުޅާއެކު ކާމިޔާބު ލިބޭނީ އެމްޑީޕީއަށް ކަމަށެވެ.
ފަޔާ މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީ ދެ ފަޅިވެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން (އެފްޑީ) އިން މިހާރު ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއެކު ކޯލީޝަން ހަދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް