ފުއްގިރި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުގައި ކުރާ ދައުވާގެ ޝަރީއަތްތައް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ފުއްގިރި މައްސަލައިގަ އެމަނިކުފާނާއި ދެކޮޅަށ...

30 Mar 2023 | 15:54

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުގައި ކުރާ ދައުވާގެ ޝަރީއަތްތައް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ފުއްގިރި މައްސަލައިގަ އެމަނިކުފާނާއި ދެކޮޅަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރިކަމުގެ ދައުވާ އެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށާފައި އެވެ.

ހައިކޯޓުން މި އަމުރު ނެރެދިނީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ފަރާތުން އެގޮތަށް އެދުމުންނެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން އެދިފައިވަނީ އެ މައްސަލާގައި ކްރިމިނަލް ކޯޓުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމި ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ އެ މައްސަލާގެ ޝަރީއަތް މަޑުޖައްސާއި ދިނުމަށެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި އަންގާފައިވަނީ އެ މައްސަލާގައި އެ ކޯޓުން ގޮތެއް ނިންމަންދެން ނުވަތަ އެހެން ގޮތެއް އަންގަންދެން ފުއްގިރި މައްސަލާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ކުރިއަށް ނުގެންދަން އަމުރުކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް