ރާއްޖެއަށް އެތެރެކުރުން މަނާ ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅުގެ ފަސްލައްކައަށްވުރެ ގިނަ ކޮތަޅު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ނައްތާލައިފި އެވެ.
މިކަން ހާމަކޮށް ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަސްޓަމްސް އިން ނައްތާލައިފައިވަނީ ރާއްޖެއަށް އެތެރެކުރުން މަނާ ޕްލާސްޓިކްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކަނޑައަޅާފައިވާ ބާވަތްތައް ކަމަށެވެ.
ކަސްޓަމްސް އިން ނައްތާލީ ކުޅުދުއްފުށީ ކަސްޓަމްސް އިން ހިފަހައްޓާފައިވާ ކޮތަޅު ތަކެއް ކަމަށް މޯލްޑިވްސް ކަސްޓަމް ސާރވިސް އިން ބުނެފައި ވެއެވެ.
އަދި މިމަހުގެ 16 ވަނަ ދުވަހު ކުޅުދުއްފުށިން އެކި ސައިޒުގެ ޖުމުލަ 535،000 ޕްލާސްޓިކް ކޮތަޅު ނައްތާލާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.
މިގޮތުން މިއަހަރުގެ މިހާތަނަށް ކުޅުދުއްފުށީ ކަސްޓަމްސްއިން ޖުމްލަ 5،018،500 ޕްލާސްޓިކް ކޮތަޅު ނައްތާލާފައިވާ ކަމަށްވެސް ކަސްޓަމްސް އިން ހާމަކޮށްފައި ވެއެވެ.
ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލާ ޤައުމަކަށް ރާއްޖެ ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް