ކަރާ، ލުނބޯ، މިރުސް އަގު ދަށް ވެއްޖެ، ކާށީގެ އަގު ދަށެއް ނުވޭ!

ބާޒާރުމަތީގައި ކާށީގެ އަގު ދަށްނުވި ނަމަވެސް ކަރާ،ލުނބޯ އަދި މިރުހުގެ އަގު ދަށް ވެއްޖެއެވެ. ރޯދަމަސް ފެށުނު އިރު ކަރާ ކިލޯއެއް 30 ނުވަތަ 35  ރުފިޔާއަށް ހުރި އިރު މިއަދު ބާޒާރުން ކަރާ ކިލޯއެއް 25 ނުވަތ...

30 Mar 2023 | 11:48

ބާޒާރުމަތީގައި ކާށީގެ އަގު ދަށްނުވި ނަމަވެސް ކަރާ،ލުނބޯ އަދި މިރުހުގެ އަގު ދަށް ވެއްޖެއެވެ.

ރޯދަމަސް ފެށުނު އިރު ކަރާ ކިލޯއެއް 30 ނުވަތަ 35  ރުފިޔާއަށް ހުރި އިރު މިއަދު ބާޒާރުން ކަރާ ކިލޯއެއް 25 ނުވަތަ 20 ރުފިޔާއަށް ލިބެއެވެ.

މިއަދު ކަނޑޫދޫ މިރުސް 100 ގްރާމް ހުރީ 20 ރުފިޔާއަށެވެ. މިރުސް ކިލޯއެއް 180 އަށްލިބެން ހުރި އިރު ލާމު މިރުސް ހުރީ 100 ގްރާމް 25 ރުފިޔާ އަދި ކިލޯއެއް 220 އަށެވެ.

ރޯދަމަސް ފެށުނު އިރު ބާޒާރުގައި ލުނބޯ ކިލޯ އެއް 70 ރުފިޔާ އަށް ލިބުނު އިރު މިއަދު ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު ވަނީ 65 ނުވަތަ 55 ރުފިޔާ އަށް ދަށްވެފައެވެ.

އެހެންނަމަވެސް ކާށީގެ އަގު ހުރީ ރޯދަމަސް ފެށުނު އިރާ ދާދި އެއްވަރަކަށެވެ. ކާށީގެ އަގަށް ބަލާއިރު އެންމެ ކުދި ކާށި 10 ނުވަތަ 15 ރުފިޔާއަށް ލިބޭއިރު ބޮޑު ކާށީގެ އަގު އުޅެނީ 20 ނުވަތަ 30 އަށެވެ.

ބާޒާރުގައި މަހުގެ އަގު ތަކަށް ބަލާލާއިރު ވަޅޯމަސް ކިލޯއެއް 80 ނުވަތަ 100 ރުފިޔާއަށް ހުރި އިރު ކަނޑު މަހުގެ ތެރެއިން ކަޅުބިލަމަސް ކިލޯއެއް އުޅެނީ 25 ރުފިޔާއަށެވެ.

އަދި ކަންނެލީގެ އަގު 30 ނުވަތަ 35  ރުފިޔާ އަށް  ހުރި އިރު ގޮނދާގެ އަގު އުޅެނީ 40 ނުވަތަ 35 ރުފިޔާ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް