އެންވަޔަރަންމަންޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ކަމުން ލަބީޤް ވަކިކޮށްފި

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ލަބީޤް މުހައްމަދު މާހިދު އެ މަގާމުން މިއަދު ވަކިކޮށްފިއެވެ. ލަބީޤް ވަނީ އޭނާ ވަކ...

30 Mar 2023 | 09:58

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ލަބީޤް މުހައްމަދު މާހިދު އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.

ލަބީޤް ވަނީ އޭނާ ވަކިކޮށް ރައީސް އޮފީހުން ފޮނުވާފައިވާ ސިޓީ ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައެވެ.

ލަބީޤަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މިއަދުން ފެށިގެން ވަކިކުރައްވައިފިކަމުގައި ދަންނަވަން ރައީސް ވިދާޅުވިކަމަށެވެ.

މިކަމާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެމުން ލަބީޤް ވިދާޅުވީ ގެދޮރުވެރިންގެ ޕޯޓަލްގެ ކަންތަކުގައި އޭނާގެ ވިސްނުން މިނިސްޓްރީގެ އިސްވެރިންގެ ވިސްނުމާއި ތަފާތުގެ އެކަންތައްތަކުގެ ކަންބޮޑުވުންތައް ހިއްސާކުރަމުން ގޮސްފައިވާނެކަމަށާއި ވަކި ކުރި ސަބަބަކީ އެއީ ކަމުގައި ބެލެވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް