މާފަންނުގައި ހުންނަ ވިލިމާލޭ ފެރީ ޓާމިނަލް ފަޅު ތެރޭގައި ގަވައިދާ ހިލާފަށް އަޅާފައި ހުރި އުޅަނދުތައް ނަގަން އެމްޓީސީސީން އަންގައިފި އެވެ.
އެ ކުންފުނިން މިއަދު ބުނީ ޓާމިނަލް ހުންނަ ސަރަހައްދުގެ ފަޅުތެރެއަކީ އެމްޓީސީސީގެ ފެރީތައް ބޭނުންކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާއްސަ ހުއްދައެއް ދީފައިވާ ސަރަހައްދެއް ކަމަށެވެ.
އެ ހުއްދައިގެ ދަށުން އެހެން އުޅަނދުތަކަށް އެ ސަރަހައްދުގައި އެޅުމަކީ މަނާ ކަމެއް ކަމަށް ބުންޏެވެ.
އެމްޓީސީސީން ބުނީ އެ ސަރަހައްދުގެ ފަޅުތެރޭގައި އެހެނިހެން ކަނޑު އުޅަނދުފަހަރު އަޅާފައި ހުރުމުގެ ސަބަބުން އެ ކުންފުނީގެ ފެރީތައް ގަޑިއަށް ފުރުމާއި ލެފުމަށް ދަތިވުމުގެ މައްސަލަތައް ދިމާވެފައިވާ ކަމަށެވެ. އަދި އެކްސިޑެންޓުތައް ހިނގުމަށް ވެސް މެދުވެރިވާ ކަމަށް ބުނެފައިވެ އެވެ.
އެމްޓީސީސީން ވަނީ އެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް އަޅާފައިވާ އުޅަނދުތައް 10 ދުވަހުގެ ތެރޭގައި އެ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އަންގައިފައެވެ.
އަދި ނުނަގައިފިނަމަ ފުލުހުން މެދުވެރިކޮށް އުޅަނދުފަހަރު ފަޅުތެރެއިން ނެރޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް