އަހަރަކު އެއްފަހަރު އަމިއްލަ މޯލްޑިވްސް ރިޒޯޓުގައި ބާއްވާ "އަމިއްލަ ރަމަޟާން ފުޓްސަލް ޗެލެންޖް 2023" ފަށައިފިއެވެ.
މި މުބާރާތުގައި މިއަހަރު ހަ ޓީމެއް ބައިވެރިވާއިރު، އެއީ؛ އޯލް ސްޓާސް، ބީފީޓާސް، އަލްފާ، ވޮރިއަސް، އަމިއްލަ އީގަލްސް އަދި ޓީމް ޖަސްޓް ޗިލިން އެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި ރަޖިސްޓްރީކޮށްފައިވާ ދެ ރެފްރީން މުބާރާތުގެ މެޗުތައް އޮފިޝަލް ކުރާ މި މުބާރާތް ފެށީ ކުލަގަދަ ރަސްމިއްޔާތަކާއެކުއެވެ. މި ރަސްމިއްޔާތުގައި އަމިއްލަ ބޮޑު ބެރު ގްރޫޕުން ހުށަހެޅުންތައް ހުށަހަޅާފައިވެއެވެ.
އަމިއްލަ ރަމަޟާން ފުޓްސަލް ޗެލެންޖުގެ އެންމެ ފުރަތަމަ މެޗުގެ ޗީފް ގެސްޓްގެ ގޮތުގައި ބައިވެރިވީ ސެންޓްރަލް މިޑްފީލްޑަރެއް ނުވަތަ ޑިފެންސިވް މިޑްފީލްޑަރެއްގެ ގޮތުގައި ކުޅުނު ރަޝިޔާގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ ޑިމިޓްރީ ޓަރަސޯވް އެވެ.
މި މުބާރާތަކީ ކޮންމެ ރަމަޟާން މަހަކު އަމިއްލައިން އިންތިޒާމްކޮށް ކުރިއަށް ގެންދާ މުބާރާތެކެވެ. 2022 ވަނަ އަހަރު މި މުބާރާތް ކުރިއަށް ގެންދިޔައީ ވޯލްޑް ކަޕްގެ ފޯރިއާއި ގުޅުވާ "ނޭޝަން ފުޓްސަލް ކަޕް 2022" ގެ ނަމުގައެވެ. .
މި މުބާރާތް އިންތިޒާމް ކުރަނީ ސީސީއެސް އާއި އަމިއްލަ ރެކްރިއޭޝަން ކްލަބް (އާރްކް) އާއި އެ ރިޒޯޓުގެ އެޗްއާރު ޓީމުންނެވެ. އަމިއްލަ ފުޓްސަލް ޗެލެންޖް 2023 ގެ ޗެމްޕިއަން ޓީމަށް 10 ހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް 5 ހާސް ރުފިޔާ ވައުޗަރެއް ސީސީއެސް އިން ސްޕޮންސަރ ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް