ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޖުމްހޫރީ ޕާޓީގެ ޕްރައިމަރީއަށް ގާސިމް އިބްރާހިމް ކުރިމަތިލެއްވުމުން ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދަންނަވައިފިއެވެ.
ރައީސް ނަޝީދު ގާސިމަށް މަރުހަބާ ދަންނަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕްގައި ފޮނުއްވި މެސެޖެއްގައެވެ.
"އޮނަރަބަލް ގާސިމް އިބްރާހިމް އަށް ވަރަށް ބޮޑަށް މަރުހަބާ" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ޖޭޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ގާސިމް އިބްރާހިމް މިއަދު ވަނީ ފޯމު ހުށަހަޅުއްވާފައެވެ. ވަގުތު ހަމަވުމާއި ހަމައަށް ގާސިމް އިބްރާހިމް ފިޔަވައި އިތުރު ބޭފުޅަކު ޕްރައިމަރީއަށް ފޯމު ހުށަހަޅުއްވާފައިނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ގާސިމް އިބްރާހިމް ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖޭޕީން ވަނީ ނިންމާފައެވެ. އަދި ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ސިޔާސީ ލީޑަރުންނާއި ޖޭޕީން އަންނަނީ އެކަމުގައި މަޝްވަރާތައްވެސް ކުރަމުންނެވެ.
ރައީސް ނަޝީދު ގާސިމަށް މަރުހަބާ ދަންނަވާފައިވާއިރު ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" (އެފްޑީ) އިން އަންނަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖޭޕީއާއެކު މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް