ހއ. ދިއްދޫ ބަނދަަރާއި ޖެޓީ ހެދުމުގެ މަޝްރޫއު ބާރު ސްޕީޑުގައި ކުރިޔަށް ދަނީ

ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއު ބާރު ސްޕީޑުގައި ކުރިޔަށް ދާ ކަމަށް އެމްޓީސީސީން ބުނެެފި އެވެ. އެ ކުންފުނިން ބުނީ މުޅި މަޝްރޫއުގެ މަސައްކަތުގެ 70 އިންސައްތަ މިހާރު ނިމިފައިވ...

30 Mar 2023 | 07:27

ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއު ބާރު ސްޕީޑުގައި ކުރިޔަށް ދާ ކަމަށް އެމްޓީސީސީން ބުނެެފި އެވެ.

އެ ކުންފުނިން ބުނީ މުޅި މަޝްރޫއުގެ މަސައްކަތުގެ 70 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އެއްގަމުތޮށީގެ ވޭރިއޭޝަން މަސައްކަތާއި އައު ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 92 އިންސައްތަ ނިމިފައިވާ ކަމަށް ބުނެފައިވެ އެވެ.

މި މަޝްރޫޢުގެ ދަށުން، 78,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 58 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ އެވެ.

މީގެ އިތުރުން 478 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 630 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ. މަޝްރޫއު ނިމޭއިރު ރޭމްޕެއް ހެދުމާއި، 6,858 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުންވެސް ހިމަނާފައިވެެ އެވެ.

އެ ކުންފުނިން މައުލޫމާތުދޭ ގޮތުގަގއި ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މަޝްރޫއުެ ތެރެއިން ކުރާނެ އެވެ.

މި މަޝްރޫއަކީ 70.59 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް