ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވައިފި އެވެ.
އެކަމަށް ކުރިމަތިލައްވައި ގާސިމް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވަނީ ކުރިމަތިލުމަށް ކުރެވިފައިވާ އިއުލާނުގައިވާ މުއްދަތުގެ އެންމެ ފަހު ދުވަހުގެ އެންމެ ފަހު ވަގުތާއި ހަމައަށް އަންނަމުންދިޔައިރުވެސް، އެއްވެސް ބޭފުޅަކު ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް އެދި ހުށަހަޅާފައިނުވާތީއާއި، ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ހުރި މީހަކީ އެމަނިކުފާނު ކަމަށްވުމާއެކު މާތްﷲގެ ވާގިފުޅާއި މިންވަރުފުޅުން ޕާޓީން އެދޭގޮތް ހާސިލުކޮށްދިނުމަށްޓަކައި މި ހިނގާ 2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލުމަށް އަޅުގަނޑު ގަސްތުކޮށްފައިވާކަމަށެވެ.
ރިޔާސީ ޕްރައިމަރީއަށް ގާސިމް ކުރިމަތިލައްވާފައިވާއިރު ކުރިއަށް ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީން ވަނީ ނިންމާފައެވެ. އަދި އިސްވެ އޮވެ ކޯލީޝަން ހެދުމަށް ޕާޓީތަކާއި ސިޔާސި އިސް ފަރާތްތަކާއެކު ޖޭޕީން އަންނަނީ މަޝްވަރާތައް ވެސް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް