ސުޝްމިތާއަށް ހާޓް އެޓޭކު ޖެހުނުތާ އެއް މަސް ފުރުން ފާހަގަ ކޮށްފިި

މިސް ޔުނިވާސް 1994 އަދި ބޮލީވުޑްގެ ބަތަލާ ސުޝްމިތާ ސެން އަށް ހާޓްއެޓޭކް ޖެހުނުތާ އެއް މަސް ފުރުން ފާހަގަ ކޮށްފި އެވެ. އޭނާއަށް ހާޓް އެޓޭކު ޖެހުނުކަން ހާމަކުރީ މިމަހުގެ ދެ ވަނަ ދުވަހު އެވެ. އެ ދުވަހު ބ...

30 Mar 2023 | 06:37

މިސް ޔުނިވާސް 1994 އަދި ބޮލީވުޑްގެ ބަތަލާ ސުޝްމިތާ ސެން އަށް ހާޓްއެޓޭކް ޖެހުނުތާ އެއް މަސް ފުރުން ފާހަގަ ކޮށްފި އެވެ.

އޭނާއަށް ހާޓް އެޓޭކު ޖެހުނުކަން ހާމަކުރީ މިމަހުގެ ދެ ވަނަ ދުވަހު އެވެ. އެ ދުވަހު ބުނެފައިވަނީ ހާޓް އެޓޭކު ޖެހުނީ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށާއި ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިވާ ކަމަށެވެ.

ސުޝްމިތާ އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ ހާޓް އެޓޭކު ޖެހިގެން ކުރި ކުޑަ އޮޕަރޭޝަނަށް މަހެއް ފާހަގަ ކުރަނީ އުފަލުން ހުރެ ކަމަށެވެ. އެކަން ފާހަގަ ކުރަނީ އޭނާ އެންމެ ލޯބިކުރާ މަސައްކަތުގެ ތެރެއިިން ކަމަށް ބުނެފައިވެ އެވެ.

އެއީ ފިލްމީ މަސައްކަތްތަކެވެ. އެ ޕޯސްޓުގައި އޭނާ ވަނީ ހުރިހާ ސަޕޯޓަރުންނަށް ލޯބި ފޮނުވާފައި އެވެ.

ސުޝްމިތާ ފާހަގަ ކުރީ ވެބް ސީރީޒްއެއް ކަމަށްވާ "ތާލީ" ގެ ޝޫޓިން އާއި ޑަބިން އަދި ޕްރޮމޯގެ ޝޫޓިން ނިންމާލުމެވެ. އޭނާ އެ ޓީމުގައި ބައިވެރިވި ހުރިހާ އެންމެންނާއި އެކު ނަގާފައިވާ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައި އެވެ.

https://www.instagram.com/p/CqYLn-Kjmjr/

ސުޝްމިތާ ބުނީ މިހާރު އޭނާ ހުރީ ރަނގަޅު ސިއްހަތެއްގައި ކަމަށެވެ.

ހާޓް އެޓޭކު ޖެހުނުކަން ހާމަ ކުރި ދުވަހު އޭނާ ބުނީ އެ ހާލަތުގައި އެންމެ ހަނދާން ވަނީ ބައްޕަ ބުނި ވާހަކައެއް ކަމަށެވެ. ސުޝްމިތާ ބުނީ ހިތް އަބަދު ވެސް އުފަލުގައި ބެހެއްޓުމަށް ބައްޕަ ނަސޭހަތްތެރިވެފައިވާ ކަމަށެވެ.

ސުޝްމިތާ އެންމެ ފަހުން ފެނިގެން ދިޔައީ 2020 ވަނަ އަހަރު ރިލީޒް ކުރި ފެބް ސީރީޒް “އާރްޔާ” އިންނެވެ. އެ ސީރީޒް ވަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް