ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ފުރަތަމަ ފަހަރަށް ދާއިރާތަކުގެ ރައީސުން ހޮވަން ނިންމައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ދާއިރާތައް ކަނޑައަޅާފައިވާ ގޮތާ އެއްގޮތަށް ރާއްޖޭގެ 87 ދާއިރާއަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަސް ކަމަށާއި ފޯމު ހުށަހެޅޭނީ މަދުވެގެން 50 މީހުންގެ ތާއީދާއެކުގައި ކަމަށް ޖޭޕީ އިން ބުނެއެވެ.
ޖޭޕީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ގޮތުގައި އެއް ދާއިރާއަށް އެކަކަށްވުރެ ގިނަ މީހުން ކުރިމަތިލައިފިނަމަ ދާއިރާ ރައީސަކު ކަނޑައަޅާނީ ޕްރައިމަރީއެއް ބާއްވައިގެންނެވެ.
އަދި ހުރިހާ ދާއިރާއަކަށް އިންތިޚާބުވާ ރައީސުން ޖޭޕީގެ ކައުންސިލް މެމްބަރުންގެ ތެރޭގައި ހިމެނޭނެ ކަމަށް ވެސް ޖޭޕީން ބުންޏެވެ.
ދާއިރާ ރައީސްކަމަށް ކުރިމަތިލުމަށް މި ވަގުތު ކޮންމެހެން ޖޭޕީގެ މެންބަރަކަށް ވާކަށް ނުޖެހެއެވެ. އަދި ޖޭޕީގެ މެމްބަރެއް ނޫންނަމަ ދާއިރާ ރައީސްކަމަށް ކުރިމަތިލާ ފޯމް ހުށަހަޅާއިރު ޕާޓީއަށް ވަންނަ ފޯމާއެކު ހުށަހެޅުމުން ބަލައިގަންނާނެކަމަށް ވެސް ޖޭޕީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް