ފޭނުންނާއި އާއިލާ މެންބަރުންނާއެކު ކުލަ ގަދަ ރަސްމިއްޔާތެއްގައި ކައިޒީން (ކައި) އޭނާގެ އުފަން ދުވަސް ފާހަގަކޮށްފިއެވެ.
ކައި އުފަންދުވަސް ކުލަ ގަދަކޮށް ފާހަގަކޮށްފައިވަނީ ރޭގައި އުސްފަސްގަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ހަ މި ނެޓަށް ހަވާ އަރުވާފައިވާއިރު ކައި ވަނީ ރަންކުލައިގެ ހެދުމެއްގައި ރަން ކުލައިގެ ބޮޑު ކޭކެއް ފަޅާފައެވެ.
ކައިގެ އުފަންދުވަހުގެ އެ ރަސްމިއްޔާތުގައި ކައިގެ ގިނަ އަދަދެއްގެ ފޭނުންނާއި އާއިލާ މެންބަރުން ބައިވެރިވެފައިވެއެވެ. އަދި ރޭގެ އެ ރަސްމިއްޔާތުގައި ހަވާ އެރުވި މަންޒަރު ބަލަން އުސް ފަސްގަނޑު ސަރަހައްދަށް އާންމުންގެ ގިނަ ބަޔަކުވެސް އެއްވެފައިވެއެވެ.
ރާއްޖޭގެ ސުޕަރ މޮޑެލް އަދި ސޯޝަލް މީޑިއާ އިންފްލުއެންސަރ ކައި އަންނަނީ ކޮންމެ އަހަރަކުވެސް ތަފާތު ގޮތަކަށް އުފަންދުވަސް ފާހަގަކުރަމުންނެވެ. މިއަދަކީ ކައިގެ އުފަންދުވަސް ކަމުގައިވާއިރު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކައިއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވަމުންނެވެ. އަދި ރޭގެ އެ ރަސްމިއްޔާތުގެ ފޮޓޯތަކާއި ވީޑިއޯ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އަންނަނީ ދައުރު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް