ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް ހުޒައިފާ މުހައްމަދު އައްޔަން ކުރައްވައިފި އެވެ.
މިއީ ސުޕީރިއާ ކޯޓެއްގެ އިސް ގާޒީއަކަށް އަންހެނަކު އައްޔަން ކުރި ފުރަތަމަ ފަހަރެވެ. މިހާތަނަށް ގާޒީ ހުޒައިފާ ހުންނެވީ ފެމިލީ ކޯޓުގެ ގާޒީއެއްގެ މަގާމުގައި އެވެ.
އެކަމަނާ ފެމިލީ ކޯޓާއި ގުޅިވަޑައިގެންނެވީ 2007 ވަނަ އަހަރު އެވެ.
ގާޒީ ހުޒައިފާ އިސް ގާޒީ ކަމަށް އައްޔަންކުރީ ޖޭއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާއަށް މަގާމުގެ ފަތްކޮޅު އެރުއްވީ އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިނެވެ.
އޭނާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖޭގައި ފުރަތަމަ އައްޔަންކުރި އަންހެން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް