ރޯދަ މަހު ވެމްކޯއިން ކުނި ނަގާނީ ރޭގަނޑު، ހަތަރު ގަޑިއިރަށް

ކުރިޔަށް އޮތް ރަމަޟާން މަހު ވެމްކޯއިން ކުނި ނަގާނެ ގަޑިތައް އާންމުކޮށްފި އެވެ. ވެމްކޯއިން ބުނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ގޭގެއިން ކުނި ނަގާނީ އެއް ގަޑިއެއްގައި ކަމަށެވެ. ގޭބިސީތަކުން ކުނި ނަގަނ...

30 Mar 2022 | 17:10

ކުރިޔަށް އޮތް ރަމަޟާން މަހު ވެމްކޯއިން ކުނި ނަގާނެ ގަޑިތައް އާންމުކޮށްފި އެވެ.

ވެމްކޯއިން ބުނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ގޭގެއިން ކުނި ނަގާނީ އެއް ގަޑިއެއްގައި ކަމަށެވެ. ގޭބިސީތަކުން ކުނި ނަގަން ނިންމާފައިވަނީ ރޭގަނޑު 8:00 އިން 12:00 އަށެވެ.

ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ހިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ލިބޭނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށެވެ. ހުކުރު ދުވަހު ހިދުމަތް ލިބޭނީ މެންދުރުފަހު 2:00 އިން ހަވީރު 5:00 އަަށް އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށެވެ.

ވެމްކޯއިން ބުނީ ކޮމާޝަލް ކަލެކްޝަން ހުކުރު ދުވަސް ނޫން އެހެން ދުވަސްތަކުގައި ކުރިއަށް ގެންދާނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 10:00 އިން ފަތިހު 4:00 އަށް ކަމަށެވެ. ހުކުރު ދުވަހު ކުނި ނަގާނީ މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށެވެ. އަދި ރޭގަނޑު 10:00 އިން ފަތިހު 4:00 އަށެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި ކޯލް އެންޑް ޕިކް-އަޕް ސާވިސް (ކެޕްސް)ގެ ހިދުމަތް ރޯދަ މަހު ދޭން ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށެވެ. ހުކުރު ދުވަހު މި ހިދުމަތް ދޭނީ މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށެވެ.

ކެޕްސް އަކީ ގޭބިސީތަކާއި އެހެނިހެން ތަންތަނުގައި އުފެދޭ ކުނި ވަގުތުން ނަގައިދިނުމަށް އެދުމުން ވެމްކޯ އިން ދޭ ހިދުމަތެކެވެ. މި ހިދުމަތުގެ ހޮޓްލައިން އަކީ 1666 އެވެ.

ވެމްކޯ އިން ބުނި ގޮތުގައި ރޯދަ މަހު މަގުމަތި ފޮޅައި ސާފުކުރާނީ ރޭގަނޑު 9:00 އިން ދަންވަރު 3:00 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް