ރޯދަ މަހުގެ އަމަލުތަކުގެ ސަބަބުން ކޯވިޑް އިތުރުވެދާނެތީ އޮމާންގައި ފިޔަވަޅުތައް ވަރުގަދަކޮށްފި

އޮމާންގައި ކުރިޔަށް އޮތް ރޯދަ މަހު ބޮޑު ޖަމާތުގައި ރޯދަ ވީއްލުމާއި މިސްކިތްތަކަށް ވަނުމުގައި އަމަލު ކުރަން ގަވައިދުތަކެއް ހަދައި އާންމުކޮށްފި އެވެ. އެގައުމުގެ ހެލްތް މިނިސްޓްރީން ބުނީ މިފިޔަވަޅުތައް އ...

30 Mar 2022 | 14:53

އޮމާންގައި ކުރިޔަށް އޮތް ރޯދަ މަހު ބޮޑު ޖަމާތުގައި ރޯދަ ވީއްލުމާއި މިސްކިތްތަކަށް ވަނުމުގައި އަމަލު ކުރަން ގަވައިދުތަކެއް ހަދައި އާންމުކޮށްފި އެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީން ބުނީ މިފިޔަވަޅުތައް އެޅީ ރޯދަ މަހުގެ އަމަލުތަކުގެ ސަބަބުން ކޯވިޑް-19 ފެތުރުން އެގައުމުގައި އިތުރުވެދާނެތީ އެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ގައިޑްލައިންގައި ބުނެފައިވަނީ މިސްކިތްތަކަށް ތަރާވީހު ނަމާދަށް ދެވޭނީ ކޯވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް ކަމަށެވެ. އަދި12 އަހަރުން ދަށުގެ ކުދިންނަށް ތަރާވީހަށް ނުދެވޭނެ ކަމަށެވެ.

އަދި ބޮޑު ޖަމާއަތް ހަދައިގެން ރޯދަ ވީއްލުމާއި ހާރު ކެއުން މަނާވާނެ ކަމަށް ބުނެ އެވެ. މީގެ ތެރޭގައި ފަގީރުންނަށް ބޮޑު ޖަމާއަތުގައި ކާންދިނުންވެސް ހިމެނޭނެކަމަށް އޮމާން ހެލްތް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން އޮމާންގައި ކޯވިޑްޖެހިގެން އައިސީޔޫގައި ފަރުވާ ދޭންޖެހޭ މީހުންގެ ތެރެއިން96 ޕަސެންޓު މީހުންނަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނެވެ. އެހެންވެ ވެކްސިން ޖެހުމަށް ސަރުކާރުން ދަނީ ބާރު އަޅަމުންނެވެ.

އޮމާންގައި ބޫސްޓާ ޑޯޒު ޖެހުން އަދި މަޖުބޫރެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް