އިންޑިއާގެ ޓެލަންގާނާ ސްޓޭޓް ވެރިރަށް ހައިދަރްއާބާދުގެ ބޭންކެއްގެ ތެރޭގައި މުސްކުޅިއަކު ހުއްޓަ އޮޅިގެން ބޭންކު ބަންދު ކޮށްފި އެވެ.
އެމީހާ ޔޫނިއަން ބޭންކު ބްރާންޗު ދިޔައީ އިއްޔެ ޕްރޮޕަޓީ ލިޔުންތަކެއް ނަގާށެވެ. އެ ލިޔުންތައް ނެގުމަށް މުވައްޒަފުންގެ ފަރާތުން ލިބެންޖެހޭ ހުއްދަ އާއި އެކު ލޮކަރުތައް ހުންނަ ކޮޓަރިއަށް އޭނާ ވަދެފައިވަނީ ހަވީރު 4:30 ހާއިރު ކަމަށްވެ އެވެ.
އުމުރުން85 އަހަރުގެ ވީ ކްރިޝްނާ ރެޑީ އެތަނުގައި ހުރިކަން އެނގުނީ މިއަދު ހެނދުނު ބޭންކު ހުޅުވައި ހިދުމަތް ދޭން ފެށިތާވެސް އެތައް އިރެއް ފަހުންނެވެ. ފުލުހުންނާއި ހަވާލަދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެމީހާ ލޮކަރު ކޮޓަރީގައި ތާށިވެފައި ހުރިކަން އެނގުނީ 10:30 ހާއިރު މުވައްޒަފަކު އެތަނުގެ ދޮރު ހުޅުވުމުންނެވެ.
އޭނާ ބުނީ އެ ކޮޓަރިތެރެއަށް ވަދެވުނު ގަޑިއަކީ ބޭންކު ބަންދު ކުރަން ކައިރިވެފައިވާ ގަޑިކަން އޭނާއަށް ބަލާލެވިފައި ނުވާކަމަށެވެ
ފުލުހުން ވަނީ ކްރިޝްނާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ފުލުހުން ބުނީ އެހާ ގިނަ އިރު ތަނެއްގެ ތެރޭގައި ބަންދުވެފައި އިންނަން ޖެހުމުން އެމީހާއަށް އިނީ ފާޑެއްގެ ޝޮކެއް ޖެހިފައި ކަމަށެވެ.
ކްރިޝްނާ އަކީ ހަކުރު ބައްޔަށް ފަރުވާ ކުރާ މީހެކެވެ. ރޭގަނޑު ގަވައިދުން ކާންޖެހޭ ބޭސްތައް ނުކެވި ހުރުމުން އޭނާ އިނީ ވަރަށް ވަރުދެރަވެފައި ކަމަށްވެ އެވެ.
މިކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ބޭންކުގެ އިހުމާލު މިކަމުގައި އޮތް ކަމަށް ބުނެފަ އެވެ. އެކަމަކު ބޭންކުން އަދި އެއްވެސް އެއްޗެއް މިކަމައި ގުޅޭގޮތުން ބުނެފައެއް ނުވެ އެވެ.
ބޭންކު ތެރޭގައި ތާށިވެފައި ހުއްޓަ ފެނިފައިވާއިރު އާއިލާއިން ރޭ ވަނީ އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް