ޔުނިޓީ ސްޕޯޓްސް އެކަޑަމީން ފުނަދޫ މަސްޖިދުލް ޣުފުރާންގެ އާބާތުރަ ފިލުވާ ނަމޫނާ ދައްކައިފި

ށ. ފުނަދޫގައި ހަރަކާތްތެރިވާ ޖަމްއިއްޔާއެއް ކަމުގައިވާ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އިސްނަގައިގެން އެރަށު މަސްޖިދުލް ޣުފުރާންގެ އާބާތުރަ ފިލުވައިފިއެވެ. ޔުނިޓީ ސްޕޯޓްސް އެކަޑަމީގެ ނައިބު ރައީސް އަދި ރަށ...

30 Mar 2022 | 11:05

ށ. ފުނަދޫގައި ހަރަކާތްތެރިވާ ޖަމްއިއްޔާއެއް ކަމުގައިވާ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އިސްނަގައިގެން އެރަށު މަސްޖިދުލް ޣުފުރާންގެ އާބާތުރަ ފިލުވައިފިއެވެ.

ޔުނިޓީ ސްޕޯޓްސް އެކަޑަމީގެ ނައިބު ރައީސް އަދި ރަށު ކައުންސިލް މެންބަރު ހުސައިން އަރީފް ދުވަސް ނޫހަށް މަޢުލޫމާތު ދެމުން ވިދާޅުވީ މިއީ އެ ޖަމިއްޔާގެ 2022 ވަނަ އަހަރަށް ރޭވިފައި ހުރި ހަރަކާތްތަކުގެ ތެރެއިން އެ އެކަޑަމީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އެގޮތުން އަރީފް ވިދާޅުވީ ޣުފުރާން މިސްކިތް އާބާތުރަ ފިލުވުމުގެ ގޮތުން އެ ޖަމިއްޔާއިން ވަނީ މިސްކިތުގެ އެތެރެއާ ވަށާފާރުހިމެނޭހެން ކުލަ އައުކޮށް ޒީނަތްތެރިކޮށްފައެވެ.

މީގެ އިތުރުން އަރީފް ވިދާޅުވީ މި މަސައްކަތުގެ ތެރެއިން ޣުފުރާން މިސްކިތުގައި ހުރި ކުދި ރެނދުތައް ބައްދާ ކުޑަދޮރުތަކުގެ ދާރާގައި ވަރުނީސްލާ އާބާތުރަފިލުވާފައި ވާކަމަށެވެ.

މި މަަސައްކަތް ކާމިޔާބު ކަމާއެކު މީގެ ދެދުވަސް ކުރިން ނިންމާލާފައި ވާއިރު ޔުނިޓީ ސްޕޯޓްސް އެކަޑަމީން ވަނީ މި މަސައްކަތުގައި އަމަލީގޮތުން ބައިވެރިވި ފަރާތްތަކާއި ޖަމިއްޔާގެ އާންމު މެންބަރުންނާއި ފުނަދޫ ނަލަފަހި ފިހާރައިން ވެދެއްވި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް