ލޯނު ނުދައްކައިގެން ވިއްކާލަން އުޅުނު ފުނައްޑު ސަރުކާރުން ގަނެފި

ބޭންކް އޮފް މޯލްޑިވްސް އިން ނެގި ލޯނެއް ނުދައްކައިގެން ވިއްކާލަން ނިންމި ތ. ފުނައްޑޫ ސަރުކާރުން ގަނެފިއެވެ. ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ހާމަ ކުރެއްވި ނަމަވެސް އެ ރަށް ގަތް އަ...

30 Mar 2022 | 09:21

ބޭންކް އޮފް މޯލްޑިވްސް އިން ނެގި ލޯނެއް ނުދައްކައިގެން ވިއްކާލަން ނިންމި ތ. ފުނައްޑޫ ސަރުކާރުން ގަނެފިއެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ހާމަ ކުރެއްވި ނަމަވެސް އެ ރަށް ގަތް އަގެއް ހާމަކޮށްފައެއް ނުވެއެވެ.

ފުނައްޑު ވިއްކާލަނި ނިންމީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްގެ ހިއްސާވާ ކުންފުންޏަކުން ބޭންކަށް ދައްކަން ޖެހޭ ލޯނެއް ނުދެއްކުމާ ގުޅިގެނެވެ.

ފުނައްޑު އަކީ ރައީސް މައުމޫނު ސަރުކާރުގައި މަސްވެރިކަމުގެ ސިނާއަތަށް އެރަށުގައި މަސްގަނެ އެކްސްޕޯޓް ކުރަން ތަރައްގީ ކުރަން 2004 ވަނަ އަހަރު ދޫކޮށްފައިވާ ރަށެކެވެ.

ނަމަވެސް އެ ރަށުގައި އެއްވެސް މަސައްކަތެއް ނުހިނގާތީ މިހާރުގެ ދައުރުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ރައްޔިތުންގެ މަޖިލިހުގައި ކުރެއްވި ސުވާލަށް ވަނީ ސަރުކާރުން ލިޔުމަކުން ޖަވާބުދާރީވެފައެވެ. އެ ލިޔުމުގައިވާ ގޮތުން މިފްކޯ އަށް ފުނައްޑޫ ހިންގިދާނެތޯ ބަލަން ފީޒިބިލިޓީއެއް ހަދައި އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށް ރައީސް އޮފީހުން އެންގި ކަމަށެވެ. އެ މަސައްކަތާ ގުޅޭ ފީޒިބިލިޓީ ސްޓަޑީއާ މެދު މިދިޔަ އަހަރުގެ ޑިސެމްބަރު 15 އާއި 27 ގައި މަޝްވަރާ ކޮށްފައިވާ ކަމަށާއި އެ އަށް ފަހު ނިންމީ ބީއެމްއެލުން ވިއްކުމުގެ މަރުހަލާގައިވާ ފުނައްޑޫ ކާރުހާނާ ސަރުކާރުގެ ފަރާތުން މިފްކޯ އަށް ގަތުމަށް ކަމަށް އެ ލިޔުމުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް