ބޭސިކް ފުޓްބޯޅަ ކޯޗިންގ ކޯހެއް ކެނދިކުޅުދޫގައި ބާއްވައިފި

ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ކުރާ މަސައްކަތުގެ ދަށުން ފުޓްބޯޅަ ކޯޗުން ތަމްރީންކުރުމުގެ ކޯހެއް ނ.ކެނދިކުޅުދޫގައި ބާއްވައިފިއެވެ. މ...

30 Mar 2022 | 09:17

ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ކުރާ

މަސައްކަތުގެ ދަށުން ފުޓްބޯޅަ ކޯޗުން ތަމްރީންކުރުމުގެ ކޯހެއް ނ.ކެނދިކުޅުދޫގައި ބާއްވައިފިއެވެ.

މި ކޯހުގައި ބައިވެރިންނަށް އިއްޔެ ޕާޓިސިޕޭޝަން ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ .

މި ކޯހަކީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ނ. ކެނދިކުޅުދޫ ކައުންސިލް އަދި މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ގުޅިގެން  ކުރިއަށް  ގެންދިޔަ   ކޯހެކެވެ.

މި ކޯހުގައި ނ.  އަތޮޅުގެ3  ރަށަކުންނާއި ށ.  އަތޮޅުގެ ރަށަކުން ޖުމްލަ 22 ބައިވެރިން ބައިވެރިވެފައިވާ އިރު ސެޓްފިކެޓް ހާސިލް  ކޮށްފައިވަނީ 17 ބައިވެރިންނެވެ. އެއީ އަންހެން ދެ ބައިވެރިންނާއި ފިރިހެން 15 ބައިވެރިންނެވެ.

މި މަހުގެ 16 އިން 28 އަށް ކުރިޔަށް ގެންދެވުނު މި ކޯހުގައި އިންސްޓްރަކްޓަރެއްގެ ގޮތުގައި ކިޔަވައި ދެއްވީ

މުޙައްމަދު ޝާޒުލީ އަދި އަޙްމަދު ޝަރީފެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް