ރޯދައަށް ހަނދު ބެލުން ހުކުރު ދުވަހުގެ ރޭ

ކުރިޔަށް އޮތް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުން އޮންނާނީ ހުކުރު ދުވަހުގެ ރޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. ހަނދު ސާބިތު ކުރުމުގެ ޖަލްސާ އޮންނާނީ އެރޭ 8:30 ގައި އެވެ. މި ރަސްމިއްޔާތު ހުރ...

30 Mar 2022 | 07:58

ކުރިޔަށް އޮތް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުން އޮންނާނީ ހުކުރު ދުވަހުގެ ރޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ހަނދު ސާބިތު ކުރުމުގެ ޖަލްސާ އޮންނާނީ އެރޭ 8:30 ގައި އެވެ. މި ރަސްމިއްޔާތު ހުރިހާ ޓީވީ ޗެނަލްތަކުން ވަގުތުން ދުރަށް ދައްކާނެ އެވެ.

މި އަހަރުގެ ރޯދަ މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހެކިބަސް ނެގުމަށް ހުކުރު ހަވީރު 6:00 އިން ރޭގަނޑު 7:30 އާ ހަމައަށް ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި އަތޮޅުތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކާ މުއާމަލާތު ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ އެވެ. މިއީ ކޮންމެ އަހަރަކުވެސް އަމަލު ކުރަމުން އަންނަ އުސޫލެކެވެ.

ހަނދު ފެނިގެން އެކަމުގެ މައުލޫމާތު ދޭ ނަމަ، ހަނދު ހުރި އުސްމިނާއި މިސްރާބު ފަދަ މައުލޫމާތުތައް ދޭން ޖެހޭނެ އެވެ. އަދި ހަނދު ފެނިއްޖެ ނަމަ، ވީހާ އަވަހަކަށް އެކަން އަންގަން އެދޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އިސްލާމީ ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ އާދިއަތަ ދުވަހެވެ. ހަނދު ސާބިތު ރާއްޖެއަށް ހަނދު ނުފެނިއްޖެ ނަމަ އަމަލު ކުރަނީ ފަލަކީ އިލްމާއި އިސްލާމީ ގައުމުތަކުގައި ނިންމާ ގޮތެއްގެ މައްޗަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް