ނިހާންގެ ޝަރީއަތް ދެވަނަ ފަހަރަށް ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާންގެ މައްޗަށް އުފުލާފައިވާ ހަ ދައުވާގެ މިއަދަށް ތާވަލު ކުރި ޝަރީއަތުގެ އަޑުއެހުން ވެސް ކެންސަލްވެއްޖެއެވެ. ނިހާންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތ...

30 Mar 2022 | 07:06

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާންގެ މައްޗަށް އުފުލާފައިވާ ހަ ދައުވާގެ މިއަދަށް ތާވަލު ކުރި ޝަރީއަތުގެ އަޑުއެހުން ވެސް ކެންސަލްވެއްޖެއެވެ.

ނިހާންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، ރިޝްވަތު ހިފުމުގެ ތިން ދައުވާއެއްގެ އިތުރުން މަނީ ލޯންޑާ ކުރި ކަމުގެ ދައުވާއެކެވެ.

މި މައްސަލާގައި އަޑުއެހުމެއް ތާވަލުކޮށްފައި ވަނީ މިއަދު ހެނދުނު 9:00 އަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ބުނީ އެ އަޑުއެހުން ކެންސަލް ވެފައިވާ ކަމަށެވެ. މިއަދުގެ އަޑުއެހުން ކެންސަލް ކުރި ސަބަބެއް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އޭނާގެ އެދުމުގެ މަތިން ވަނީ ކެންސަލް ކޮށްފައެވެ. އެ އަޑު އެހުމުގައި  އޮތީ ހެކި ހާމަ ކުރުމެވެ.

ނިހާންގެ ފަރާތުން ޝަފައީ ހެކިންގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ނައިބު ރައީސް ފައިސަލް ނަސީމް ހިމެނޭހެން ގިނަ އަދަދެއްގެ ހެކިން ހާޒިރު ކުރަން ވަނީ ހުށަހަޅުއްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް