މި އަހަރުގެ ރޯދަ މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށާނީ ހެނދުނު 10:30 ގައި ކަމަށް ކަނޑައަޅައިފިއެވެ.
ރޯދަ މަހު ޖަލްސާތައް ކުރިޔަށް ގެންދަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.
މިހާރު ކުރިޔަށްދާ މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާގެ ފުރަތަމަ ދަންފަޅި ކުރިއަށްދާނީ ހެނދުނު 10:30 އިން މެންދުރު 12:00 އަށް ކަމަށެވެ. އެއަށްފަހު އެއްގަޑިއިރުގެ ބްރޭކަކަށް ފަހު ދެވަނަ ދަންފަޅި ކުރިއަށްދާނީ މެންދުރު ފަހު 1:00 އިން 2:00 އަށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ޖަލްސާގެ ގަޑި އެގޮތަށް ކަނޑައެޅިފައިވީ ނަމަވެސް، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް އެކި ގަޑިތަކުގައި ކުރިއަށްދާނެކަމަށެވެ.
މިއަދު ކުރިޔަށްދާ ޖަލްސާއަކީ ރޯދައިގެ ކުރިން ބޭއްވޭ އެންމެ ފަހު ޖަލްސާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް