ފުލުހުންގެ ހިދުމަތަށް 89 އަހަރު ފުރުމާއި ގުޅިގެން ދުވަހުގެ މުނާސަބަތުގައި މިރޭ ހުޅުމާލޭގައި ހަވާ އަރުވަން ނިންމައިފިއެވެ.
ފުލުހުން ބުނީ ހަވާއަރުވަން ނިންމާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ.
ހަވާ އަރުވަން ފަށާނީ މިރޭ 00؛11 ޖަހާ އިރުގައި އެވެ.
ފުލުހުންގެ އަހަރީ ދުވަހާއި ގުޅިގެން އެ މުއައްސަސާއިން ކުލަގަދަކޮށް ފާހަގަ ކުރާ އިރު ރޭގައި ވަނީ އަހަރީ ދުވަހުގެ ބޮޑު ޖަލްސާ ބާއްވާފައެވެ.
މިއީ ފުލުހުންގެ އަހަރީ ދުވަހާއި ގުޅިގެން ހަވާ އަރުވާ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް