އިމްރާން ހާންގެ އިތުބާރު ނެތްކަމުގެ ވޯޓު ކާމިޔާބު ވާނެކަން ޔަގީންވެއްޖެ

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި އޭނާ މަގާމުން ދުރު ކުރާނެކަން ޔަގީން ވެއްޖެ އެވެ. މިދިޔަ ހަފްތާގައި ޕާކިސްތާގެ މަޖިލީހުގައި ނަގަން ހަމަޖެއްސި މި ވޯޓު ވަނީ ފަސްކ...

30 Mar 2022 | 05:15

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި އޭނާ މަގާމުން ދުރު ކުރާނެކަން ޔަގީން ވެއްޖެ އެވެ.

މިދިޔަ ހަފްތާގައި ޕާކިސްތާގެ މަޖިލީހުގައި ނަގަން ހަމަޖެއްސި މި ވޯޓު ވަނީ ފަސްކޮށްފަ އެވެ. މި ވޯޓު ނަގަން ހުށަހެޅީ އިދިކޮޅު ޕާޓީ ކަމަށްވާ ޕާކިސްތާންސް ނެޝަނަލް ޕާޓީންނެވެ.

އެގައުމުގެ މަޖިލީސް އެކުލެވިގެންވަނީ 324 މެމްބަރުންގެ މައްޗަށެވެ. އިމްރާން ހާންގެ އިތުބާރު ނެތްކަމުގެ ވޯޓު ކާމިޔާބުވާނީ މެޖޯރިޓީ ކަމަށްވާ 179 ވޯޓު ލިބިގެންނެވެ.

ރޭގެ ވަގުތެއްގައި ޕާކިސްތާންސް ނެޝަނަލް ޕާޓީން ވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕާކިސްތާން ތެހެރީކީ އިންސާފާއި އެކު މިހާތަނަށް ކޯލިޝަންގައި އޮތް އެންމެ މުހިންމު ޕާޓީ ކަމަށްވާ ގައުމީ މޫވްމެންޓު ޕާކިސްތާނުން އެ ޕާޓީ އާއި ގުޅިފައިވާ ކަމަށްބުނެފަ އެވެ. މިއީ އިމްރާންގެ ޕާޓީއަށް ވެއްޓުނު ބޮޑު ބޮމެއް ކަމަށް އެމީހުން ބުނެފައިވެ އެވެ.

އެ ޕާޓީ އިދިކޮޅާއި އެކު ކޯލިޝަން ހެދުމުން އެމީހުންނަށް ވަނީ 177 ވޯޓު އިމްރާނާއި ދެކޮޅަށް ޔަގީންވެފައި އެވެ. ޕާކިސްތާންސް ނެޝަނަލް ޕާޓީން ބުނީ ބާކީ ދެ ވޯޓު ލިބޭނެ ކަމުގެ ޔަގީންކަންވެސް އެބައޮތް ކަމަށެވެ.

އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލައިގަ އިމްރާން ހާން މީގެ ކުރިން ވިދާޅުވެފައިވަނީ އިދިކޮޅުން އެ މައްސަލަ މަޖިލީހަށް ވެއްދީ އޭނާ އާއި ދެކޮޅަށް ދޮގު ތުހުމަތުތަކެއް ކުރުމަށް ފަހު ކަމަށެވެ. އަދި މިކަމުގެ އަޑީގައި ތިބެ އެމީހުންނަށް ގައުމުން ބޭރު ބަޔަކު ފަންޑު ކުރަމުންދާ ކަމަށް ތުހުމަތު ކުރެއްވި އެވެ.

ޕާކިސްތާނަކީ ވެރިކަން ވައްޓާލުމުގެ ސަގާފަތެއް އޮންނަ ގައުމެކެވެ. އެ ގައުމުގައި މިހާތަނަށް ވެރިކަމުގެ ދައުރު ފުރިހަމަ ކުރެވިފައިވަނީ އެންމެ ދެ ބޮޑުވަޒީރުންނަށެވެ. އެނޫން ހުރިހާ ވެރިކަމެއް ބަގާވާތުން ނުވަތަ އަސްކަރީ އިންގިލާބުން އޮތީ ވައްޓާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް