ފުލުހުންނަށް ހާއްސަކޮށް ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ފްލެޓުތަކުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ފުލުހުންގެ ދުވަހާއި ގުޅިގެން ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ޖަލްސާ ބޭއްވީ ރޭ ޖުމްހޫރީ މައިދާނުގައި އެވެ.
އެ ޖަލްސާގައި ރައީސް ވިދާޅުވީ ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުންނަށް ވަރަށް ކުރީއްސުރެ ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް އަދިވެސް ހައްލު ނުލިބޭ ކަމަށެވެ. އެއީ ސަރުކާރުތަކުން ނެއްޓިގެން ލައްގަމުން އައި މަޝްރޫއެއް ކަމަށާއި ނަމަވެސް މި ސަރުކާރުން އެ މަސައްކަތް އަލުން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުން އާ ކޮންޓްރެކްޓަރަކާ ހަވާލު ކޮށް މަސައްކަތް ބާރަށް ހިނގަމުންދާ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން މެނޭޖްުކުރާ ގޮތަށް މިހާރު ހަމަޖައްސާފައިވާ މި ޕްރޮޖެކްޓް ކުރިން ހިންގީ ފުލުހުންގެ ކުންފުނި ޕޮލްކޯގެ ބެލުމުގެ ދަށުންނެވެ.
މީގެ ހަތް އަހަރު ކުރިން ފެށި މި ފްލެޓުތަކުގެ މަސައްކަތް ފެށީ ދެ އަހަރު ތެރޭގައި ނިންމާ ގޮތަށެވެ.
ބްލޫ ހައުސިން ސްކީމްގެ ނަމުގައި ފެށީ މި މަޝްރޫއުގެ ދަށުން 300 ފްލެޓު އިމާރާތް ކުރުމަށް ހަމަޖެހިފައިވެ އެވެ. މި ފްލެޓްތައް ލިބޭނެ 361 ފުލުހުން 2013 ގައި ވަނީ ކަނޑައަޅައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް