ރައުދާގެ މަރުގެ މައްސަލަ މިދަނީ ގާތުން ބަލަމުން: ޕޮލިސް

ބަނގުލަދޭޝްގައި ކިޔަވަމުން ދިޔަ ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރުގެ މައްސަލަ ގާތުން ބަލަމުން ގެންދާކަމަށް ދިވެހި ފުލުހުން ބުނެފިއެވެ. ފުލުހުން މިހެން ބުނެފައިވަނީ މިއަދު ކޮށްފައިވާ ޓްވީޓެއްގަ އެވެ. އ...

30 Mar 2017 | 14:47

ބަނގުލަދޭޝްގައި ކިޔަވަމުން ދިޔަ ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރުގެ މައްސަލަ ގާތުން ބަލަމުން ގެންދާކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ މިއަދު ކޮށްފައިވާ ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ފުލުހުން ބުނެފައިވަނީ ފމިމައްސަލަ ގާތުން ބަލަމުން ގެންދާކަމަށާއި އެކަމާއި ގުޅިގެން ރައުދާގެ އާއިލާއާއި ކަމާބެހޭ އިދާރާތަކާއި އެކު މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

ރައުދާ އިއްޔެ ފެނިފައިވަނީ ބަނގުލަދޭޝްގައި އޭނާ އުޅެމުންދާ ކޮޓަރީގައި ދަން ޖެހި މަރުވެފައި ހުއްޓައެވެ.  އޭނާގެ މަރުގެ ހަގީގަތް ބެލުމަށް ޕޯސްޓްމޯޓަމް ހެދުމަށް ބަންގްލަދޭޝްގެ ފުލުހުން ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް