އަޕްޑޭޓް:
ގެއްލިގެން ހޯދަމުން ދިޔަ ފަތުރުވެރިޔާ މޫދު އަޑީގައި އޮއްވާ ފެނިއްޖެ
އެރިޔަދޫ އައިލެންޑް ރިސޯޓް ކައިރިއަށް މޫދަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަން ފަށާފައިވާއިރު އެ ފަތުރުވެރިޔާ މޫދު އަޑީގައި އޮއްވާ ފެނިފައިވާކަމަށް ރިސޯޓާ ހަވާލާދީ އެމްއެންޑީއެފުން ބުނެފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ "ފަތުރުވެރިޔާ މިރޭ 815 ހާއިރު، އެރަށު ވިލުތެރޭ މޫދު އަޑީގައި އޮއްވާ ފެނިފައިވާކަމަށް ރިސޯޓުން، އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ދީފައި" ވާކަމަށެވެ.
އެ ފަތުރުވެރިޔާ ފެނުނު ނަމަވެސް ފުރާނަ ހުރިކަން ނުވަތަ ނޫންކަން އަދި ކަށަވަރުވެފައެއް ނުވެ އެވެ.
ތަފްސީލް އަންނަނީ ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް