"ހޫނު ފެނުގެ" މައްސަލައިގާ އެމްޕީ އިލްހާމް މިރޭ ފުލުސް އޮފީހަށް ހާޒިރު ކުރަނީ

"ހޫނު ފެނުގެ" މައްސަލައިގާ އެމްޕީ އިލްހާމް މިރޭ ފުލުސް އޮފީހަށް ހާޒިރު ކުރަން ޗިޓް ހަވާލު ކޮށްފި އެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އިލްހާމް އަހްމަދު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނ...

30 Mar 2017 | 12:43

"ހޫނު ފެނުގެ" މައްސަލައިގާ އެމްޕީ އިލްހާމް މިރޭ ފުލުސް އޮފީހަށް ހާޒިރު ކުރަން ޗިޓް ހަވާލު ކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އިލްހާމް އަހްމަދު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ މިރޭ 09:30 އަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓާއި ގުޅިގެން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު މަޖިލިސް މެމްބަރުންނަށް ބިރުދެއްކިކަމަށްބުނެ މި މައްސަލަ ފުލުހުންނަށް ހުށަހެޅުއްވނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފެވެ.

ޕީޕީއެމްއަށް އަލަށް ގުޅުނު މެމްބަރުންގެ ފޯމްތައް ހަވާލުކުރުމަށް ދަރުބާރުގޭގައި އިއްޔެ ބޭއްވި ޖަލްސާގައި އިލްހާމް ވިދާޅުވީ މަސީހު ބޭރުކުރަން ވޯޓް ދޭންވާނީ ހޫނުފެނުގައި އަތްލާން ބޭނުން ނަމަ ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް