ހައްޔަރުކޮށް މުއްދަތު ޖަހާފައިވާ، އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތައްޔިބު ޝަހީމާއިމެދު އަމަލު ކުރެވެމުންދަނީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ ހިއުމަން ރައިތސް ކޮންވެންޝަނާ އެއްގޮތަށް ކަމުގައި ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައިވަނީ އިނގިރޭސި ބަހުން ނެރެފައިވާ ނޫސްބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ތައްޔިބު ޝަހީމް ހައްޔަރުކޮށްފައިވަނީ އެކި މީޑިއާ ޕްލެޓްފޯމްތަކުގައި ދޮގު މައުލޫމާތު ފަތުރާ އާންމުންގެ ތެރޭގައި ބިރާއި ހާސްކަން ފެތުރުމުގެ ތުހުމަތުގައި ކަމަށެވެ. އަދި ތައްޔިބު ތަހުގީގު ކުރިއަށްދާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމުގައިވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް