ލ ގަމުގައި ބީއެމްއެލްގެ އައު ބްރާންޗެއް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސްއިން ދޭ ޚިދުމަތްތައް ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށާއި ދިވެހި މުޖުތަމަޢަށް ކުރަމުންދާ އިންވެސްޓްމަންޓްތަކުގެ ބައެއްގެ ގޮތުން ލ ގަމުގައި ބޭންކްގެ އާ ބްރާންޗެއް މިއަދު ހުޅު...

30 Mar 2017 | 10:03

ބޭންކް އޮފް މޯލްޑިވްސްއިން ދޭ ޚިދުމަތްތައް ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށާއި ދިވެހި މުޖުތަމަޢަށް ކުރަމުންދާ އިންވެސްޓްމަންޓްތަކުގެ ބައެއްގެ ގޮތުން ލ ގަމުގައި ބޭންކްގެ އާ ބްރާންޗެއް މިއަދު ހުޅުވައިފިއެވެ.

މި ބްރާންޗަކީ ފަހަކަށް އައިސް ބީއެމްއެލްއިން އަތޮޅުތަކުގައި އަލަށް ހުޅުވަމުންދާ ބްރާންޗްތަކޭ އެއްފަދައިން ކުޑަ ޓީމަކާއި އެކު އެންމެ ޒަމާނީ ސެލްފް ސާވިސް އޭޓީއެމް ޓެކްނޮލަޖީ ބޭނުންކޮށްގެން 24 ގަޑި އިރު ޑިޕޮސިޓްކުރުމާއި ފައިސާ ނެގުމުގެ ޚިދުމަތް ލިބޭ ބްރާންޗެއް ކަމުގައި ބީއެމްއެލްއިން ބުނެ އެވެ.

މި ބްރާންޗް ހުޅުވާފައިވަނީ މިއަދު ގަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ "ގަމުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް  މި ބްރާންޗް މެދުވެރިކޮށް އެހީތެރިކަން ދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި އިންވެސްޓްމަންޓަކީ މުޖުތަމައަށް ކުރާ އިންވެސްޓްމަންޓް ދެ ގުނައަށް އިތުރުކުރުމަށާއި 150 އާ ވަޒީފާ އުފެއްދުމަށް ދާދިފަހުން ބޭންކުން އިއުލާންކޮށްފައިވާ ޕްރޮގްރާމްގެ ދަށުން ކުރި އިންވެސްޓްމަންޓެކެވެ."

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 83 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 200 ކޭޝް އޭޖެންޓުން، 24 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5  ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި ބީއެމްއެލް އިން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް