ކަޕިލް ޝަރުމާ ލޯބިވެރިޔާގެ ފޮޓޯ އާންމު ކުރި ސަބަބު ފަޅާ އަރައިފި

އިންޑިއާގެ އެންމެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާގެ ލޯބިވެރިޔާގެ ފޮޓޯ ސޯޝަލް މީޑިއާގައި ކުއްލިގޮތަކަށް ފޭނުންނަށް ދައްކާލުމުން އެންމެންނަށްވެސް ލިބުނީ ހައިރާން ކަމެކެވެ. ކަޕިލްގެ ސަޕޯޓަރުން އެކަމުގެ...

30 Mar 2017 | 06:43

އިންޑިއާގެ އެންމެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާގެ ލޯބިވެރިޔާގެ ފޮޓޯ ސޯޝަލް މީޑިއާގައި ކުއްލިގޮތަކަށް ފޭނުންނަށް ދައްކާލުމުން އެންމެންނަށްވެސް ލިބުނީ ހައިރާން ކަމެކެވެ.

ކަޕިލްގެ ސަޕޯޓަރުން އެކަމުގެ އުފާ ފާޅުކޮށް ކަޕިލްއަށް މަރުހަބާ ކިޔާފައިވާއިރު ބައެއް މީހުން ބުނެފައިވަނީ ކަޕިލް ލޯބިވެރިޔާ ގިނީގެ ފޮޓޯ އާންމު ކުރާނީ ކައިވެނި ކައިރިވުމުންނެވެ. އެކަމަކު އެކަމުގެ ހަގީގަތް މިހާރުވަނީ ފަޅާ އަރައި، އެއީ ހަގީގަތެއް ފޮރުވަން ކުރި ކަމެއްކަން ހާމަވެފައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ފޮޓޯގައި ފޮރުވިފައިވާ ސިއްރަކީ "ދަ ކަޕިލް ޝަރްމާ ޝޯ" އާއި ގުޅިފައިވާ ކަންތައްގަނޑެކެވެ. އެއީ ޝޯގެ ޓީމް މިމަހު އޮސްޓްރޭލިއާއަށް ކުރި ދަތުރެއް ނިންމާލުމަށް ފަހު އެނބުރި އިންޑީއާއަށް ދިޔައިރު ފްލައިޓު ތެރޭގައި ކަޕިލް އާއި ޝޯގައި މުހިންމު ރޯލެއް އަދާ ކުރާ ސުނިލް ގްރޯވަރާއި ދެމެދު ހިނގި ހަމަނުޖެހުން ގަނޑެއް ސިއްރު ކުރުމަށް ކަޕިލް ކުރި ކަމެކެވެ.

ކަޕިލް މަސްތުގެ ހާލަތުގައި ހުރެ  ސުނިލް އާއި ޒުވާބުކޮށް ގަޔަށް ބޮލަށް އެރި ކަމަށްވެ އެވެ. އެކަން މީޑިއާގައި ސިއްރުން ލީކު ކުރި ކަމަށް ވަނީ ކަޕިލް މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ކްރިއޭޓިވް ޑައިރެކްޓަރު ޕްރީތީ ސިމޯސް އެވެ. ކަޕިލް ވަނީ އެ އަރާރުން މީޑިއާގެ އާންމުވެދާނެތީ އެކަން ސިއްރުކޮށް އެހެން ދިމާއަކަށް މީޑިއާގެ ސަމާލުކަން ހުއްޓުވުމުގެ ގޮތުން ގިނީ އާއި އޭނާގެ ފޮޓޯ އާންމުކޮށްފައި އެވެ.

ފްލައިޓު ތެރޭގައި ހިނގި ހަމަނުޖެހުން ޕްރިތީ މީޑިއާގައި ސިއްރުން އާންމު ކުރީ ކަޕިލްގެ ލޯބިވެރިޔާ ގިނީގެ ފޮޓޯ އާންމު ކުރުމުން ބަދަލު ހިފުމުގެ ގޮތުން ނެވެ. ޕްރިތީ އާއި ކައިވެނި ކުރުމާއި ދެކޮޅު ހަދާ ދެމީހުންގެ މެދުގައި އޮތް ގުޅުން ނިންމާލަން ކަޕިލް ނިންމީ މާ ބޮޑަށް މަޝްހޫރުވުމުން ކަމަށްވެ އެވެ.

ފްލައިޓު ތެރޭގައި ހިނގި ހަމަ ނުޖެހުންތަކާއި ގުޅިގެން ސުނިލްގެ އިތުރުން އެ ޝޯގައި ބަިއވެރިވާ އެހެން ތަރިންވެސް ވަނީ ޝޯ ދޫކޮށްލުމަށް ނިންމާފައި އެވެ. އެކަމާއި ގުޅީގެން ސުނިލްގެ ކިބަިއން ކަޕިލް މައާފަށްވެސް އެދުނެވެ. އެކަމަކު ޗުލް މިފަހަރު ހުތީ ދޫކުރާ ގޮތަކަށް ނޫނެވެ. އެހެންވެ އެ ޝޯ ދައްކާ ސޮނީން ވަނީ "ދަ ކަޕިލް ޝަރްމާ ޝޯ" ނުހިނގާނެ ކަމަށް ބަލައި ކަޕިލް އާއި އެކު ހަދާފައިވާ އެއްބަސްވުން އާ ނުކުރަން ނިންމާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް