ޒަހަމް ތަކަކާއެކު މަރުވެފައި އޮތް ބިދޭސީއަކު ފޮނަދޫ ގޮނޑުދޮށުން ފެނުމުން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވާން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައި އޮއްވާ ފެނުނީ އުމުރުން 27 އަހަރުގެ، ބަންގްލަދޭޝް ރައްޔިތެކެވެ. ފުލުހުން ބުނެފައިވަނީ ލ. ފޮނަދޫ އަތިރިމަތީގައި އުމުރުން 27 އަހަރުގެ ބަގްލަދޭޝްގެ ފިރިހެނަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. އަދި އޭނާއަކީ މީގެ ދެ ދުވަސް ކުރިން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން އަންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.
ގޮނޑުދޮށުގައި އޮއްވާ ފެނުނު ބިދޭސީ މީހާގެ ގައިން ކޮންމެވެސް ވަރަކަށް ޒަހަމްތައް ފެންނަން ހުރި ކަމަށް މަންޒަރު ދުއް ބައެއް މީހުން ބުނެ އެވެ. އެމީހާގެ ހަށިގަނޑު އެމްބިއުލާންސްގައި މިހާރު ވަނީ ލ ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް