މާލެއާއި ބައެއް އަތޮޅުތަކުގައި ފެތުރެމުންދިޔަ ރޯގާއާ ގުޅިގެން 28 މާޗް 20117 ގައި މެދުކަނޑާލެވުނު ސްކޫލު މަދަރުސާތަކުގެ ކިޔެވުން އަލުން ފެށުން އެންމެ ރަނގަޅުކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ އިރުޝާދު ދެއްވާފައިކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ "ވުމާއެކު، 2017 އޭޕްރީލް 2 ވާ އާދީއްތަ ދުވަހު ރާއްޖޭގެ ސްކޫލު މަދަރުސާތަކުގެ ކިޔެވުން ފަށަން، މި މިނިސްޓްރީން ނިންމި ވާހަކަ އާއްމުކޮށް އިއުލާނު" ކުރާކަމަށެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ވޭތުވެދިޔަ އަހަރުތަކެކޭ ވެސް އެއްގޮތަށް، މިފަދަ ކަންކަމާ ގުޅިގެން ސްކޫލު މަދަރުސާތަކުގެ ދަރިވަރުންނަށް ގެއްލޭ ފިލާވަޅުތަށް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް، މި އަހަރުވެސް ސްކޫލުތަކުން ހަމަޖައްސަވާނެ ވާހަކަ ބެލެނިވެރިންގެ މައުލޫމާތަށްޓަކައި ދަންނަވާކަމަށާއި އަދި ސްކޫލުތަކުގެ ވެރިންނާއި ޓީޗަރުންނާއި ބެލެނިވެރިން އެކުގައި، ދަރިވަރުންގެ ކިޔެވުމާއި ތަރުބިއްޔަތަށް، ކުރައްވަމުން ގެންދަވާ ބުރަ މިންނެތް މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ހައްގުވާ ޝުކުރު މި ފުރުސަތުގައިވެސް ދަންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް