ބަގްދާދުގެ ޗެކްޕޮއިންޓެއްގައި ޓްރަކެއް ގޮއްވާލައި 17 މީހަކު މަރާލައިފި އެވެ. އެ ހާދިސާގައި 60 މީހަކު ޒަހަމްވެފައި ވެ އެވެ.
މި ހާދިސާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ހާދިސާ ހިންގާފައިވަނީ ބަގްދާދުގެ ޗެކްޕޮއިންޓެއްގައި ވެހިކަލްތަކެއް ޗެކް ކުރަމުންދަނިކޮށް އެ ޗެކްޕޮއިންޓްގައި އޮތް ޓްރަކެއް ގޮއްވާލުމުންނެވެ.
މި ހާދިސާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައި ނުވިނަމަވެސް މި ދުވަސްވަރަކީ އައިއެސް ޖަމާއަތާއި އިރާގު ސިފައިންނާއި ދެމެދު ހަމަލާތައް ވަރުގަދަވެފައިވާ ދުވަސްވަރެއް ކަމުން މި ހަމަލާއަކީ އައިއެސް ޖަމާއަތުން ދިން ހަމަލާއެއްކަމުގައި ބެލެވޭކަމަށް މުރާސިލުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް