އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މުޒާހަރާ ކަވަރު ކުރަމުންދަނިކޮށް މިދިޔަ ބުދަ ދުވަހުގެރޭ ފުލުހުން ހައްޔަރުކުރި ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ދޫކޮށްލައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިޝާމް (ޝަމްޕަތު) އާއި ކެމެރާމަން އާދަމް ޒަރީރު ދޫކޮށްލީ މިއަދު ކަމަށެވެ. ނަމަވެސް ދޫކޮށްލި ސަބަބެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމުންނާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވުމުން ކަމަށް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް