މިދިޔަ ހޮނިހިރު ދުވަހުގެރޭ 11:45 ހާއިރު ޗާންދަނީމަގު ޔޫރޯ ސްޓޯރ ކައިރީގައި ހިނގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރުގެ ވަގުތެއްގައި ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެ ރޭ ހިނގި މާރާމާރީގައި ބަޔަކު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަޚަމްވެފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް ފަހު އެރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް