އަނިޔާވެރިކަމާ ދެކޮޅަށް ފެށި މަސައްކަތް ހުއްޓާ ނުލާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މަހްލޫފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައި އެވ. އެ ޓްވީޓްގައި މަހްލޫފު އުފަން ދުވަހު ތަހުނިޔާ ފޮނވި ފަރާތްތަކަށާއި ހެޔޮ އެދޭ ފަރާތްތަކަށް ޝުކުރު ދަންނަވާފައި ވެއެވެ.
https://twitter.com/AhmedMahloof/status/582518348769931265
އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރުން ހުއްޓާނުލާނެ ކަމަށް މަހްލޫފް ވިދާޅުވެފައިވާއިރު މަހްލޫފް މިހާރު ހުންނެވީ ގޭ ބަންދުގަ އެވެ.
މަހުލޫފް ހައްޔަރުކޮށްފައި ވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ފުލުހުންގެ ބެރިކޭޑުތައް ފަޅާލި ކަމުގެ ތުހުމަތުގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ގޭބަންދަށް ބަދަލު ކުރީ މިއަދު މުއްދަތު ޖެހުމަށް ބޭއްވި ޝަރީއަތުގައި ކޯޓުން ހުށަހެޅި ޝަރުތުތަކަށް މަހުލޫފު އެއްބަސް ނުވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް