އޯޝަން ޓްރެވެލްސްގެ ތިޖޫރި ފަޅާލި މައްސަލައިގާ މީހަކު ހޯދަން އިއުލާނުކޮށްފި

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އޯޝަން ޓްރެވެލްސް އޮފީސް ފަޅާލައި އެތަނުގެ ތިޖޫރީއިން 40000 ޑޮލަރު ވަގަށް ނެގި މައްސަލާގައި ތުޙުމަތު ކުރެވޭ މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ. ފުލުހުން ބުނ...

30 Mar 2015 | 12:48

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އޯޝަން ޓްރެވެލްސް އޮފީސް ފަޅާލައި އެތަނުގެ ތިޖޫރީއިން 40000 ޑޮލަރު ވަގަށް ނެގި މައްސަލާގައި ތުޙުމަތު ކުރެވޭ މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހޯދަމުން ދަނީ ސ.ހިތަދޫ މިޞްރުގަނދަކޯޅިމާގެ، އަޙްމަދު ޖަމީލް (38އ) ކަމަށެވެ.

ޖަމީލްއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ބުނެ އެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އޯޝަން ޓްރެވެލްސް އޮފީސް ފަޅާލައި އެތަނުގެ ތިޖޫރީއިން ގިނައަދަދެއްގެ ފައިސާ ވަގަށް ނަގާފައި ވަނީ މި މާރޗް މަހުގެ 19 ވަނަ ދުވަހުގެ ރެއެވެ. އަދި މި މައްސަލައާއި ގުޅިގެން މި މާރޗް މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު ކޯޓު އަމުރެއްގެ ދަށުން 39 އަހަރުގެ ދިވެހި ފިރިހެނަކުވެސް ހައްޔަރުކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް