ރާއްޖޭގެ އިންފްލޭޝަން ޖެނުއަރީ މަހަށްވުރެ މައްޗަށް!

މިދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.12 އިންސައްތައަށް އުފުލިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގ އިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ކޮންސިއުމަ ޕ...

30 Mar 2015 | 10:57

މިދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.12 އިންސައްތައަށް އުފުލިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގ އިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ކޮންސިއުމަ ޕްރައިސް އިންޑެކްސްގެ ހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު 0.12 އިންސައްތަ އިންފްލޭޝަން ރޭޓު މައްޗަށް ގޮސްފައިވާއިރު އޭގެ ކުރީ މަހު އިންފްލޭޝަން ރޭޓު ވަނީ 0.28 އިންސައްތަ ދަށަށް ގޮސްފަ އެވެ.

ތަފާސް ހިސާބު ދައްކާގޮތުން ޖުމްލަ އިންފްލޭޝަން މައްޗަށް ދިއަކަމުގައި ވިޔަސް މިދިޔަ މަހު ބާޒާރުގައި ކާބޯތަކެތީގެ އަގު ވަނީ ދަށަށް ގޮސްފައި އެވެ.

އެގޮތުން، ދަތުރުފަތުރުން 0.03 އިންސައްތަ ދަށްވެފައިވާއިރު ކާބޯތަކެތިން 0.19 އިންސައްތަ ވަނީ ދަށްވެފައި އެވެ. އަންނައުނާއި ފައިވާނުގެ ބައިން 0.85 އިންސައްތަ ދައްވެފައިވާއިރު އެހެނިހެން މުދަލާއި ހިދުމަތުގެ ބައިން 0.23 އިންދސައްތަ އަގު ވަނީ ދަށަށް ގޮސްފައި އެވެ. މީގެ ތެރެއިން ވެސް، ތަރުކާރީގެ ބާވަތްތަކުގެ ބައިން 6.14 އިންސައްތަ ދަށްވެފައިވާއިރު ކުކުޅު ބިހުގެ ބައިން 1.21 އިންސައްތަ، ކައްކާ ތެޔޮ 1.11 އިންސައްތަ އަދި ކުކުޅުން 1.33 އިންސައްތަ އަގު ވަނީ ދަށަށް ގޮސްފައި އެވެ.

މިދިޔަ މަހު މައިގަނޑު ގޮތެއްގައި އަގު އުފުލިފައި ވަނީ ބިދޭސީ މަސައްކަތު މީހުންގެ މަހު މުސާރަ، ބޭސް، މަހުގެ ބާވަތްތައް، ސިއްހީ ހިދުމަތްތައް، ހިފާ ގެންގުޅޭ ސާމާނު އަދި ޕާނާއި ސީރިއަލްގެ ބާވަތްތަކުންނެވެ. މީގެ އިތުރުން، ގޭގެ ކުއްޔާއި ފެނާއި ކަރަންޓާއި ގޭހާއި ތެލުގެ އަގު ވެސް ވަނީ މިދިޔަ މަހ އުފުލިފަ އެވެ.

މާލެ އާއި ރަށްތައް ވަކިން ބަލާ ނަމަ، މާލޭގެ އަގުތައް މިދިޔަ މަހު 0.03 އިންސައްތަ މައްޗަށް ގޮސްފައި ވާއިރު، ރަށްރަށުގައި އަގުތައް ހުރި މިންވަރު މައްޗަަށް ގޮސްފައި ވަނީ 0.20 އިންސައްތަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް