ގައުމީ އިނާމާއި ބެހޭ ކޮމިޓީ އަލުން އެކުލަވާލައިފި

ގައުމީ އިނާމާ ބެހޭ ކޮމިޓީ ރައީސް އަބްދުﷲ ޔާމީން އަލުން މިއަދު އެކުލަވައިލައްވައިފި އެވެ. ރައީސް އޮފީހުން ބުނިގޮތުގައި އެ ކޮމިޓީ އަލުން އެކުލަވާލީ ކޮމިޓީގެ ތިން އަހަރުގެ މުއްދަތު ހަމަވުމުންނެވެ. ގައުމީ...

30 Mar 2015 | 10:39

ގައުމީ އިނާމާ ބެހޭ ކޮމިޓީ ރައީސް އަބްދުﷲ ޔާމީން އަލުން މިއަދު އެކުލަވައިލައްވައިފި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އެ ކޮމިޓީ އަލުން އެކުލަވާލީ ކޮމިޓީގެ ތިން އަހަރުގެ މުއްދަތު ހަމަވުމުންނެވެ.

ގައުމީ އިނާމާ ބެހޭ ކޮމިޓީގައި ނުވަ މެމްބަރަކު ތިއްބަވާއިރު، ކޮމިޓީގެ ޗެއާމަނަކަށް ހަމަޖައްސަވާފައިވަނީ ކުރިން ވެސް އެ މަގާމުގައި ހުންނެވި އަބްދުއްރަޝީދު ހުސައިނެވެ.

އިތުރު މެންބަރުންނަކީ ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ އަނީސާ އަހުމަދާއި މއ. ފިއަވަނި އަހުމަދު އަލިމަނިކާއި ހ. މާދޫގޭ ހުސައިން އާމިރާއި ޅ. ކުރެންދޫ ނޫރަންގޭ ޒުލްފާ އިބްރާހީމާއި ވިލިމާލޭ ފަހިދޫ ޝުހުދާ ފުއާދާއި ހ. ރަންވިލާގޭ އުމަރު ޒާހިރާއި މ. ކާނިމާގޭ މުހަންމަދު އިކުރާމް އަދި މ. ނޫވިލު އަހުމަދު ސުވައިބެވެ.

ގައުމީ އިނާމަކީ، ގައުމާއި މުޖްތަމައުގެ ލާބަ އާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި މަދަނީ މުއައްސަސާތަކުންނާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކުންނާއި ވިޔަފާރީގެ އިދާރާތަކުން ކުރާ މަސައްކަތްތަކާއި ހޯދާ ކާމިޔާބީތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އިނާމެކެވެ.

އެ އިނާމުގައި ހިމެނެނީ ޝަރަފްވެރި ކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ.

ގައުމީ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް