ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން އަންނަ މީހުންނަށް ސިޔާސީ ޕާޓީތަކުގެ މެމްބަރަކަށް ނުވެވޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ.
ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ހުށަހެޅި އެ އިސްލާހަށް ވޯޓަށް އެހުމުން ވޯޓުގައި އެ ބިލް ފާސްކުރަން ފެންނަ ކަމަށް 43 މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.
ބިލް ފާސްކުރުމަށް ނެގި ވޯޓުގައި އެމްޑީޕީގެ މެމްބަރުން ބައިވެރިވެފައެއް ނުވެއެވެ. އެ އިސްލާހު ފާސްކުރިއިރު އެމްޑީޕީގެ މަޖިލިސް މެމްބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވައި އެ އިސްލާހާ ދެކޮޅު ހައްދަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް