ލ. ކުނަހަންދޫ ގެއަކުން ގިނަ ޢަދަދެއްގެ ފައިސާތަކެއް ވަގަށް ނަގާފައިވަނިކޮށް އެފައިސާތަކުގެ ތެރެއިން ބައެއް ފައިސާ ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމާރޗް މަހުގެ 28 ވަނަ ދުވަހުގެ ވަގުތެއްގައި ކުނަހަންދޫ ގެއަކުން -/50000 ރުފިޔާ ވަގަށް ނަގާފައިވާކަމަށް ބުނެ ލ. މާމެންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މިމީހާ ހައްޔަރުކޮށްފައިވަނީ މި މާރޗް މަހުގެ 29 ވަނަ ދުވަހުގެ 16:40 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާއަކީ ނުރުހުމުގައި ބަދުއަހުލާޤީ އަމަލު ހިންގުމާއި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށާއި ކުނަހަންދޫ ގެއަކުން ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެރެއިން -/32000 ރުފިޔާއަށްވުރެ ގިނަ ފައިސާ ހޯދާފައިވާއިރު މި ފައިސާތައް ފެނިފައިވަނީ މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާ ބަލައިފާސްކުރިއިރު އޭނާގެ އަތުން ކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް