ކެފޭ ރެސްޓޯރަންޓްތަކުގެ ވޭޓަރުންނަށް ބިރުދައްކާތީ އެތަންތަން ބަލާ ފާސްކުރަން ފަށައިފި

މިހާރަކަށް އައިސް މާލޭގެ ބައެއް ހޮޓާ ތަކާ ރެސްޓޯރަންޓް އަދި ކެފޭ ފަދަ ތަންތަނަށް މަސްތުވާ އެއްޗިއްސާ ބަނގުރާފަދަ ތަކެތި ހިފައިގެންވަދެ އެތަންތަނުގައި ތިބެ ބޭނުންކޮށް އެތަންތަނުގައި ތިބޭ ވޭޓަރުންނަށް ބ...

30 Mar 2015 | 08:28

މިހާރަކަށް އައިސް މާލޭގެ ބައެއް ހޮޓާ ތަކާ ރެސްޓޯރަންޓް އަދި ކެފޭ ފަދަ ތަންތަނަށް މަސްތުވާ އެއްޗިއްސާ ބަނގުރާފަދަ ތަކެތި ހިފައިގެންވަދެ އެތަންތަނުގައި ތިބެ ބޭނުންކޮށް އެތަންތަނުގައި ތިބޭ ވޭޓަރުންނަށް ބިރުދައްކައި ހަދާތީ އެފަދަ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ބުނެފި އވެ.

ފުލުހުން ބުނީ މާލޭގައި ހުރި ބައެއް ހޮޓާތަކާ ރެސްޓޯރަންޓް ފަދަ ތަންތަނާ ކެފޭ ފަދަ ތަންތަން ހުޅުވާފައި ހުންނަ ވަގުތު ތަކުގައި އަދި ބަންދު ކޮށްފައި ހުންނަ ވަގުތުތަކުގައިވެސް ބައެއް ފަރާތްތަކުން މަސްތުވާ އެއްޗިއްސާ ބަނގުރާފަދަ ތަކެތި ހިފައިގެންވަދެ އެތަންތަނުގައި ބޭނުން ކުރަމުންދާދިއުމާ، ބައެއް ފަހަރު އެތަންތަނުގައި ތިބޭ ވޭޓަރުންނަށް ބިރުދައްކައި ތަނުގެ ވެރިފަރާތަށް ބިރުދައްކާ ކަމުގެ ޝަކުވާވެސް އެފަދަ ފަރާތްތަކުން ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

ހޮޓާތަކާ ރެސްޓޯރަންޓް ތަކާ ކެފޭ ފަދަ ތަންތަން ފާސްކޮށް އެތަންތަނުގައި ރައްކާތެރި މާޙައުލެއް ޤާއިމް ކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވުމާއެކު އެފަދަ އެއްވެސް ތަނަކަށް ބަޔަކު ވަދެ އުނދަގޫކޮށް، މަސްތުވާތަކެތި ބޭނުންކޮށް މުވައްޒަފުންނަށާ ވެރިފަރާތަށް ބިރުދެއްކުމުގެ ޙާދިސާތަކުގެ މަޢުލޫމާތު 3322111 އަށް ނުވަތަ ހިލޭ ގުޅޭ ނަމްބަރު 119 އަށް ގުޅުއްވައި ޙިއްސާ ކުރެއްވުން އެދޭ ކަމަށާއި މިގޮތުން ފުލުހުންނަށް މަޢުލޫމާތު ދޭފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް