ތޫނު އެއްޗަކުން ހަމަލާދީ މިމަހު 21 ވަނަ ދުވަހުގެ ރޭ ލ.މުންޑޫގައި މަރާލި އެރަށު ނޫވިލު، އަލީ ޒިޔަދަމް، 29ގެ މަރުގެ މައްސަލައިގާ ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައްޔަރުކުރި ހަތަރުމީހުންގެ ތެރެއިން އެކަކު ދޫކޮށްލީ މަރުގެ މައްސަލައާއި ގުޅުން ހުރި ކަމަށް ތަހުގީގަށް ނުފެންނާތީ ކަމަށެވެ.
ތޫނު އެއްޗަކުން ހަމަލާދީ ޒިޔަދަމް މަރާލާފައިވަނީ މިމަހު 21 ވަނަދުވަހުގެރޭ ދަންވަރު ވަގުތެއްގަ އެވެ. ޒިޔަދަމް އަށް ވަޅި ހަމަލާދިނީ ޒިޔަދަމްއާއެކު އުޅުނު އެކުވެރިންތަކެއްގެ ދެމެދުގައި ކަމެއްގައި ހިޔާލު ތަފާތުވުމުންނެވެ. އޭރު އެންމެންވެސްތިބީ މަސްތުގެ ހާލަތުގައި ކަމަށް ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް