ތްރިޕްތީ ރާއްޖެ އައީ އެކަންޏެއް ނޫން- ސިއްރު ލޯބިވެރިޔާވެސް އައި

ފިލްމު އެނިމަލް އިން ބޮޑު މަގްބޫލުކަމެއް ހޯދި ތަރި، އަދި ބޮލީވުޑްގައި މިހާރު އެންމެ އަލިގަދަ އަންހެން ތަރި، ތުރިޕްތީ ދިމްރީ ޗުއްޓީ ހޭދަކުރަމުން ދަނީެ ސިިއްރު ލޯބިވެރިޔާއާއި އެކު ކަން އެނގިއްޖެއެވެ. ތު...

30 Jan 2025 | 17:12

ފިލްމު އެނިމަލް އިން ބޮޑު މަގްބޫލުކަމެއް ހޯދި ތަރި، އަދި ބޮލީވުޑްގައި މިހާރު އެންމެ އަލިގަދަ އަންހެން ތަރި، ތުރިޕްތީ ދިމްރީ ޗުއްޓީ ހޭދަކުރަމުން ދަނީެ ސިިއްރު ލޯބިވެރިޔާއާއި އެކު ކަން އެނގިއްޖެއެވެ.

ތުރިޕްތީގެ އިންސްޓަގްރާމް ސްޓޯރީތަކުން އެނގޭގޮތުގައި އޭނާ ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ޗުއްޓީ ހޭދަކުރަމުން އަންނަނީ ކުޑަވިލިނގިލީގައެވެ. އޭނާ ޗުއްޓީ ހޭދަކުރަމުން ދަނީ އޭނާގެ ސިއްރު ލޯބިވެރިޔާ ކަމަށް ބުނާ ސާމް މަރޗަންޓްއާއި އެކުއެވެ.

އެކަން އެނގުނީ އޭނާ އެންމެ ފަހުގެ އިންސްޓަގްރާމްގެ ސްޓޯރީއަށް ހިއްސާކުރި ފޮޓޯތަކަކުންނެވެ. ޓްރިޕްޓީއާއި އޭނާގެ ސިއްރު ލޯބިވެރިޔާ ކަމަށް ބުނާ ސާމް މަރޗަންޓް ގެ ސެލްފީއެއްގެ އިތުރުންެ ސާމް ކާރެއް ދުއްވަމުންދާތަން ފެންނަ ފޮޓޯއަކާއި،  ރިހީގެ ގަހަނާތަކަކަށް އިޝާރާތްކުިޝާރާތްކުރާތަން ފެންނަ ފޮޓޯއެއް ހިމެނެެއެެވެ. މި ފޮޓޯތަކުގެ ކޮލާޖް ޙިއްޞާކުރަމުން އޭނާ ލިޔެފައިވަނީ، "ހެޕީ ބާތްޑޭ ސާމް މަރޗަންޓް (ހިތުގެ އިމޯޖީ) ތިބާ ފެތުރުވާ ހުރިހާ ލޯތްބަކާއި އުފަލެއް އަނބުރާ ތިބާއަށް ލިބުމަށް އެދެމެވެ."

ޓްރިޕްޓީ އޭނާގެ ސިއްރު ލޯބިވެރިޔާ އާއި އެކު ރާއްޖެއައީ ސާމްގެ32 ވަނަ އުފަންދުވަސް ފާހަގަ ކުރަން ކަން އެކި މަސްދަރުތަކުން އެނގެއެވެ.

އޭނާ ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައިކަން އޭނާގެ އިންސްޓަރ ސްޓޯރީއިން އެނގެއެވެ. ސާމްގެ އުފަން ދުވަހަކީ މިއަދެއެވެ.

ފިލްމު ”މޮމް“ އިން ބޮލީވުޑަށް ނިކުތް ތުރިޕްތީއަށް ކެރިއަރުގައި ބޮޑު މަގްބޫލުކަމެއް ލިބިގެންދިޔައީ 2022 ވަނަ އަހަރު ރިލީޒްކުރި ފިލްމު ”ކަލާ“ އާއި 2023 ވަނަ އަހަރު ރިލީޒްކުރި ފިލްމު ”އެނިމަލް“ އިންނެވެ. އެނިމަލްގައި ތުރިޕްތީ ކުޅުނު ސަޕޯޓިންގ އެކްޓްރެސްގެ ރޯލަށް 2024 ވަނަ އަހަރުގެ ފިލްމު ފެއަރ އެވޯޑްސް ލިބިފައިވެއެވެ.

ތުރިޕްތީ މިދިޔަ އަހަރު ކުޅުނު ފިލްމުތަކުގެ ތެރޭގައި ”ބޭޑް ނިއުޒް“، ”ވިކީ ވިދްޔާ ކާ ވޯ ވާލާ ވީޑިއޯ“ އަދި ”ބޫލް ބުލައްޔާ 3“ ހިމެނެއެވެ.

މި އަހަރުވެސް ދެ ފިލްމެއްގެ މަސައްކަތް ތުރިޕްތީ އަންނަނީ ކުރަމުންނެވެ. އެއީ ފިލްމު ”ދަޅަކް 2“ އަދި އިތުރު ފިލްމެއްގެ މަސައްކަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް