މާލޭގައި ސިނގިރޭޓު އުފައްދާ އޮފީހެއް ފުލުހުން ބަލާ ފާސްކުރަނީ

މާލޭގައި ސިނގިރޭޓު އުފައްދާ އޮފީހެއް ބަލާ ފާސްކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ބަލާ ފާސްކުރަމުން އަންނަނީ ހ. ހުޅުގަލީގައި ހިންގާ ޕްރައިވެ...

30 Jan 2025 | 16:18

މާލޭގައި ސިނގިރޭޓު އުފައްދާ އޮފީހެއް ބަލާ ފާސްކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ބަލާ ފާސްކުރަމުން އަންނަނީ ހ. ހުޅުގަލީގައި ހިންގާ ޕްރައިވެޓް އޮފީހެއް ކަމަށެވެ.

"އެ އޮފީހުގެ ތެރޭގައި ސިނގިރޭޓު އުފައްދާކަމަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިރޭ ފުލުހުން އެތަން ބަލާ ފާސްކުރަމުންދޭ" ފުލުހުން ބުނެފައިވެއެވެ.

މާލޭގައި ކޮލިޓީ ދަށް ދުންފަތުން ސިނގިރޭޓު އުފައްދައި ވިއްކަން ފިހާރަތަކުގައި ހުންނަކަން މީގެ ކުރިން، ސޯޝަލް މީޑިއާގައި ކާކުކަން ނޭނގޭގޮތަށް ހިންގަމުން އަންނަ ހަސަން ކުރުސީ އެކައުންޓުން ހާމަކޮށްފައިވެއެވެ. އޭރު އޭނާ ބުނެފައިވަނީ ކުރިން އެޗްއެންޑްޑީ ގެ ނަމުގައި އުފައްދައި ވިއްކަމުންދިޔަ ސިނގިރޭޓުގެ ނަން ނިއު ލެޖެންޑަށް ބަދަލުކޮށް އުފައްދަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ އަޑީގައި ތިބީ މަޖިލިސް ދެ މެންބަރަކު ކަމަށްވެސް އެ އެކައުންޓުން އޭރު ތުހުމަތުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް